ބަހާމާސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮރިން މިިސްޓަރ ފޮނުއްވައިފި

ބަހާމާސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ދަ އޮނޮރަބަލް ފްރެޑެރިކް އޯޑްލީ މިޗެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެކަމަނާގެ އަމިއްލަ ނަމުގައި ބަހާމާސްގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ބަހާމާސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއާއި ބަހާމާސްއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައިވާތީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމާއި އެއްބާލުރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިޔުމަކީ އުންމީދު ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.