މިތުރު ގޭގައި ރޯވި އަލިފާން ނިއްވާލައިފި

ގ. މިތުރު ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 08:39 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު  09:08 ހާއިރުއެވެ.
އެ ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ސޮކެޓެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެ އެޕާޓްމަންޓަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އެހެނަސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.