އައްޑޫ ހައިސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒަށް ޒިޔާރަތްކޮށްފި

އައްޑޫ ހައިސްކޫލް ގުރޭޑް 11،12ގައި ކިޔަވަމުންދާ ދަރިވަރުން ލ.އަތޮޅަށް ކުރަމުންގެންދާ "މައިދާނީ ދަތުރު"ގެ ތެރެއިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒަށް ޒިޔާރަތްކޮށްފިއެވެ.
ލ. ގަމު ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލާ ގުޅިގެން އައްޑޫ ހައިސްކޫލުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން މިއަދު ދަރިވަރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒަށް ކުރި ޒިޔާރަތުގައި އެ ސްކޫލުގެ 65 ދަރިވަރުންނާއި 15 މުދައްރިސުން ބައިވެރިވިއެވެ.
މި ޒިޔާރަތުގައި ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒުން ދަތުރުގެ ބައިވެރިންނަށް މަރުހަބާ ދަންނަވައި، އެ އޭރިއާ ކޮމާންޑްގެ ބްރީފިނެއް ދީފައިވެއެވެ. އަދި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމްގެ އިންޓަރެކްޝަނެއް ވެސް ދަތުރުގެ ބައިވެރިންނާ އެކު ވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެ އިތުރުން، މިހާރު ކައްދޫގައި ޓްރެއިނިންގ ހަދަމުންދާ އެއްވަނަ ވެޕަން އެންޑް ޓެކްޓިކްސް ކޯހުގެ ފަރާތުން ޓެކްޓިކަލް ޑެމޮންސްޓްރޭޝަނެއް ވެސް ދަތުރުގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.
މި ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޙަސަން ފަޔާޟާއި އެ ކޮމާންޑް ހެޑްކުއޯޓަރޒްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.