ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ހދ. ވައިކަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ވައިކަރަދޫގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.

މި އިމާރާތުގެ މަސައްކަތް ނިމުމުން، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެގެންދާނެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި މަޝްރޫއަކީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދިވެހި ފުލުހުންގެ ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.