ދިރާގު އީދު ބޮނޑިބަތް ބަހައިފި

ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ގޮތުން، މި އަހަރު އީދު ބޮނޑިބަތް ބަހާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައެވެ.

މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.