އިސްރާއީލުން މިހާތަނަށް އިރުމަތީ ޤުދްސުގެ 5000 ގެ ތަޅާލާފައިވޭ

އިރުމަތީ ޤުދްސުގައި ފަލަސްޠީނު މީހުންގެ ގެއެއް ތަޅާލާއިރު ކުއްޖަކު އެތަން ބަލަހައްޓައިގެން

ފަލަސްޠީނުގައި ނެރުނު އާ ރިޕޯޓަކުން ދައްކާގޮތުގައި 1967 ވަނަ އަހަރު އިސްރާއިލުން އިރުމަތީ ޤުދްސަށް އަރައި އެރަށް ހިފިފަހުން ފަލަސްޠީނު މީހުންގެ 5000 ގެ ތަޅާލާފައި ވެއެވެ.
ލޭންޑް ރިސާޗް ސެންޓަރުން "ފަލަސްޠީނު މީހުންގެ ގެތައް ތަޅާލުން-ރަށުން ގަދަކަމުން ބޭރުކުރަން އިސްރާއީލު ގެންގުޅޭ ސިޔާސަތެއް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި ވާ ގޮތުން 2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަަހަރުގެ ނިޔަލަށް އެކަނިވެސް ފަލަސްޠީނު މީހުންގެ 1760 ގެ ތަޅާލާފައިި ވެއެވެ. އަދި އެކަމުގެ ސަބަބުން 9422 މީހުން މަގުމަތި ވިއެވެ. ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އިރުމަތީ ޤުދްސުގައި ދިރިއުޅޭ 380 ހާސް ފަލަސްޠީނު މީހުންނަށް އަހަރަކު އިތުރު 2000 ގެ ބޭނުންވެއެވެ. އެހެންނަަމަވެސް އިސްރާާއީލުން ފަލަސްޠީނު މީހުންނަށް އާ ގެ ބިނާކުރަން ހުއްދަ ނުދިނުމުގެ ސަބަބުން އެމީހުންގެ ދެބައިކުޅަ އެއްބައި ދިިރިއުޅެނީ ހުއްދަ ނުނަގާ އަޅާފައި ހުރި ގެތަކުގައެވެ.
އަދިވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޤުަދްސުގެ މުނިސިޕަލްޓީން ވަނީ ފަލަސްޠީނު މީހުން އާ ގެދޮރު ބިނާކުރުމަކީ މުސްތަހީލު ކަމަކަށް ވާ ވަރަށް ގަވާއިިދުތައް ހަރުކަށިިކޮށްފައެވެ.
މިގޮތުން އަހަރެއްގެ ތެރޭގައި އާ ގެދޮރު ބިނާކުރަން އެދޭ ފަލަސްތީނު މީހުންގެ ތެރެއިން ހުއްދަ ލިބެނީ %2 އަށް ވުރެ މަދު މީހުންނަަށެެވެ. އިރުމަތީ ޤުދްސުގައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ގެދޮރު ބިިނާކުރަން ދޫކޮށްފައި ވަނީ އެންމެ %7 އެެވެ.
މީގެ ކުރިން އިސްރާއީލުގެ އެންޖީއޯއަކުން ނެރުނު ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި އިރުމަތީ ޤުދްސުުގެ އާބާދީގެ %40 އަކީ ފަލަސްޠީނު މީހުން ކަަމުގައި ވާއިރުވެސް އެމީހުން ދިރިއުޅެނީ އެންމެ %15 ބިމުގައެވެ.
އިރުމަތީ ޤުދްސުގައި އައު ގެެއެއް ބިނާކުރުމުގެ ހުއްދަ ލިބެނީ 30 ހާސް ޑޮލަރަށެވެ.
ޚަަަބަރު: އަލްޖަޒީރާ.ކޮމް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.