ދިރާގުން އެފްޑީސީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ހިލޭ 5ޖީ ޓާބޯ ރައުޓަރ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓަރ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، 749ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓަރ ހިލޭ ލިބިގެންދާނެއެވެ. މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ހިދުމަތެކެވެ. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބިގެންދާނެއެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތައް ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00އިން ރޭގަނޑު 8:00އަށް އެފް.ޑީ.ސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ. އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މުޖުތަމައުތައް ޑިޖިޓަލްކޮށް ބާރުވެރިކުރުވުމަށާއި، ޒަމާނީ ކަނެކްޓިވިޓީގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގައި ދިރާގުން ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.