ދިރާގު ގޭމަރސް ގިލްޑްއިން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އިން ކުރިއަށް ގެންދިޔަ އައިފޯން 17 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މި އަގުހުރި އިނާމު ލިބިފައިވަނީ މުޙައްމަދު ނާހިލް ނަޞްރުއަށެވެ.

މި އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފައިވަނީ dgg.mv އަށް ސައިން-އަޕްކޮށްގެން މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނަގާފައިވާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އިތުރު ފުރުސަތުތަކާއި ހާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.