އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުން ބައެއް ފަރާތްތަކާ ބައްދަލުކޮށްފި

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، އަދި ސްރީލަންކާއަށް ނިސްބަތްވާ 16 ކެޑޭޓުންނާއި، އެ ގައުމުތަކުގެ 4 އާމީ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން ސީޑީއެސްއެސް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންގެ އިތުރުން އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނާއި އެމްއެންސީސީން 5 ކެޑޭޓް އިންސްޓްރަކްޓަރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.

މީގެއިތުރުން ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީ އާ ވެސް ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި، މިފަދަ ޕްރޮގަރާމެއްގެ ސަބަބުން ޙާސިލްވާނެ އެންމެ މުހިންމު ކަންތައްތަކަކީ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާވުމާއި، ގުޅިގެން ކުރިއަރައިދިއުމަށް މަގު ތަނަވަސްވުމާ އަދި ދުނިޔޭގެ ސުލްޙައާއި އަމާންކަމަށް އެކުގައި މަސައްކަތްކުރުން ކަމުގައެވެ.

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުން ވަނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް ވެސް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގެ ބައިވެރީންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.