ދިރާގު ނެޓްޕްރޮޓެކްޓް – އިންޓަރނެޓް ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންތެރި ހިދުމަތެއް

އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތައް ގިނަވަމުންދާއިރު، ދިރާގު "ނެޓްޕްރޮޓެކްޓް"ގެ އެހީގައި މި ފަދަ ސްކޭމްތަކުން ރައްކާތެރިކަން ހޯދިދާނެއެވެ.

ދިރާގު "ނެޓްޕްރޮޓެކްޓް"އަކީ މޮބައިލް ފޯނުގެ އެސްއެމްއެސް، ސޯޝަލް އެޕްތަކުން އަންނަ ފިޝިންގ ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓަރނެޓް ބޭނުންކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންކުރެވިދާނެ ހިދުމަތެކެވެ. ލިންކްއަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައި ވާ ނަމަ މި ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އެނގި އެ ވެބްސައިޓަށް ވަނުމުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭނެއެވެ. މި ގޮތުން، ދިރާގު "ނެޓްޕްރޮޓެކްޓް"ގެ އެހީގައި ނޮވެންބަރު މަހު އެކަނި ވެސް 9 މިލިއަނަށް ވުރެ ގިނަ ސެކިއުރިޓީ ތްރެޓް ދެނެގަނެވި ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ވަނީ އެހީތެރިވެދީފައެވެ. އަދި، ދިރާގު ނެޓްޕްރޮޓެކްޓުން އޭއައިގެ އެހީގައި އިންޓަރނެޓްގެ ތްރެޓްތައް ނުވަތަ ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދުވެސް ދާނީ އަދާހަމަ ކުރަމުންނެވެ.

މިއީ، ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަރނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރުމުގައި އެހީތެރިވެދޭ ހިދުމަތެކެވެ. މި ގޮތުން، މި ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓް، ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެ ފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެއެވެ. އަދި، ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތުތައް ކަނޑައަޅައި، ބަޔެއް ވަގުތުތަކުގައި އެ ވެބްސައިޓުތައް ބްލޮކް ވެސް ކުރެވޭނެއެވެ.

މި ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކަށް އެންމެ 35 ރުފިޔާއަށް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު އެންމެ 50 ރުފިޔާއަށް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ. މިއީ، އިތުރު ސޮފްޓްވެއާއެއް ނުވަތަ އިތުރު އެޕްލިކޭޝަނެއް އިންސްޓޯލްކުރަންނުޖެހި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް https://netprotect.dhiraagu.com.mv މެދުވެރިކޮށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކުރެވޭ ހިދުމަތެކެވެ.

ދިރާގުން ދަނީ ރާއްޖެއަށް އެންމެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ހިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަޝަވަރުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.