ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، މެލޭޝިއަން ރިސޯސަސް ކޯޕަރޭޝަން ބަރަހަޑް (އެމް.އާރް.ސީ.ބީ) ގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވައި، ހަކަތައިގެ ހައްލުތަކާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެހީތެރިކަމާއި އެއްބާރުލުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ މިނިސްޓްރީގައެވެ.

މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އަދި ދިގު މުއްދަތަށް ތިމާވެށީގެ ގޮތުން ރައްކާތެރި ގޮތްތައް ބަލައިގަތުމަށް ހުރި ފުރުސަތުތައް ދެނެގަތުމެވެ. ޚާއްސަކޮށް، ތިމާވެއްޓާ ރަހުމަތްތެރި ހަކަތައިގެ ހައްލުތަކާއި، ކުނި މެނޭޖްކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.