އެންމެ ރަނގަޅު ގޮތަކީ ވެރިކަން ޖިހާދުއާ ހަވާލުކޮށް އިންތިޚާބެއް ބޭއްވުން- އަލީ ވަޙީދު

ރާއްޖެއަށް މިވަގުތު އެންމެ ފައިދާހުރި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ޙަވާލު ކުރެއްވުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އަލީ ވަޙީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް ފަހު ނައިބު ރައީސް ޖިހާދުއާ ވެރިކަން ހަވާލު ކުރެއްވުމުން މިނިވަން އިންސާފުވެރި އިންތިޚާބަކަށް ދިޔުމުގެ ފުރުޞަތު ލިބުނީއެވެ. އަދި ޖިހާދަކީ ހުރިހާ ޕާޓީތަކާ ގުޅިގެން މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވަޑައިގެންނެވޭވަރުގެ ޙިކުމަތްތެރި ބޭފުޅެއް ކަމަށްވެސް ލަންޑަނަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި އަލީ ވަޙީދު ވިދާޅުވިއެވެ.

އަލީ ވަޙީދު މިފަދައިން ވިދާޅުވިއިރު ނައިބު ރައީސް ޖިހާދުއާ ބެހޭގޮތުންވެސް މީސްމީޑިޔާގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ނައިބު ރައީސްވެސް އަދި ސަރުކާރުންވެސް ރައްދެއް ނުދެއެވެ. ނައިބު ރައީސް ޖިހާދުއާ ސަރުކާރާ މައްސަލަ ޖެހިގެން އުޅޭ ކަމަށް ވާހަކަ ފެތުރުނު ނަމަވެސް އެމަނިކުފާނު ގެންދަވަނީ ސަރުކާރުން ބާއްވާ ބަޔެއް ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ރައީސް ޔާމީނާ އެއްވެސް މައްސަލައެއް ޖެހިވަޑައިގެން އުޅުއްވާ ކަމަށް ވިދާޅުނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.