
ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލުގައި ކުރިއަށްދިޔަ "އިންޓްރޮޑަކްޝަން އޮފް ކޮމިޔުނިޓީ ހެލްޕަރސް" ހަރަކާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.
މިއަދު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުޑަކުދީންނަށް ފަހުމުވާނެހެން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތު ކުދިންނަށް އޮޅުން ފިލުވައިދިނުމުގެ އިތުރުން، މުޖުތަމަޢުގައި ފަޔަރ ފައިޓަރުންގެ ދައުރާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
އައިޑިއަލް ސްކޫލުގެ 150 ދަރިވަރުން ބައިވެރިވި މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.