އައްޑޫ ސިޓީ ގެއެއްގެ ތެރޭގައި ދެމީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ގެއެއްގެ ތެރޭގައި ދެމީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ އަންހެނަކާއި ފިރިހެނެއްކަމަށް ވެސް ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، ދެ މީހުންގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގާ މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.