ހަނިމާދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ޒިޔާރަތްކޮށްފި

ހދ.ހަނިމާދޫ ސްކޫލުގެ ޔޫކޭޖީ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓަށް ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ ޔޫކޭޖީގެ 33 ދަރިވަރުން އިއްޔެ ކުރި މި ޒިޔާރަތަކީ، އެ ދަރިވަރުން ކިޔަވަމުންދާ "ކޮމިޔުނިޓީ ހެލްޕަރސް" ޔުނިޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ދައުރާއި ޒިންމާތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް އެ ދަރިވަރުންނަށް ވަނީ ހުށަހަޅައިދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.