
އައްޑޫސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ މުޒާހަރާގައި ފުލުހުންގެ ސަފު ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން ކުރަށް ދާން ފަށައފިއެވެ.
މިއީ ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމަށް ގޮވާލައި ބާއްވާ މުޒާހަރާއެކެވެ.
މިމުޒަހާރާ ހުއްޓުވަން ފުލުހުން މަސައްކަތްކުރި ގަޑީގައި ދެ އަންހެނަކު ވެއްޓި އެކަކަށް އަނިޔަވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ އަންހެނަކަށެވެ. މިހާރު އެނާ ހޮސްޕިޓަލަށް ގެންގޮސްގެންދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ކޮނޑުހުޅާ ދިމާއިންވަނީ ރެނދެއް ލައިފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެމީހާގެ އާއިލާގެ ބޭފުޅަކު ވިދާޅުވިއެވެ.
އައްޑޫސިޓީގައި މިރޭ ބޭއްވި މުޒާހަރާއިން އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. ހިތަދޫ ގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މުޒާހަރާ ހިތަދޫ ބޮޑުމަގަށް ގޮސް އެނބުރި އައިސް ނިންމާލީވެސް ހަރުގެއަށެވެ. މާދަމާރޭވެސް މުޒާހަރާއެއް އޮންނާނެ ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.