
އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ ހުޅުމާލޭގައި ކުރި މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން މިހާރު ވަނީ މުޒާހަރާ ކޮންޓްރޯލުކޮށްފައެވެ. މުޒާހަރާ ކުރި މީހުން މިހާރު ތިބީ އައިލެންޑް އެކްސްޕަރޓް ގެ ލޭބަރ ކުއާޓަރުގައެވެ. ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މުސާރަ ނުދިނުމާއި އިހާނެތިކޮށް ހިތުމުގެ ސަބަބުން ބިދޭސީ މަސައްކަތުމީހުންގެ މުޒާހަރާތައް މިހާރު ރާއްޖޭގައި ކޮންމެ ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ދަނީ ކުރަމުންނެވެ.
— ??? (@ZFahmy1414) July 13, 2020