ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް 1 އޮކްޓޯބަރުގައި އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ!

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެޗްޑީސީ، އުރީދޫ އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން 'އިސްރަށްވެހިންގެ ހަވީރު' ގެ ނަމުގައި ވަރަށް ޚާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ހަވީރު ކުރިއަށްދާނީ 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ ހަވީރު 16:30 ގައި ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައެވެ.

މި ހަވީރުގައި، އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން، އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، މި ވުޒާރާގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނެއެވެ.

ހިތްހަމަޖެހޭ، އެކުވެރި މާޙައުލެއްގައި، ޢާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެހެންކަމުން، ޢާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް މި ހަވީރުގައި ބައިވެރިވުމަށް އެދެމެވެ.

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.