މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ހަރަކާތެއް އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 15 ވަނަ ދުވަހު ގަން ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެކްސިޑެންޓްތައް މަދުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް  ރައްޔިތުން އަހުލުވެރިކުރުވައި އަދި މަގުތަކުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި، ޓްރެފިކް ގަވާއިދުތަކާ ގުޅޭ މުހިންމު މައުލޫމާތު ހިއްސާކޮށް، ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނަސޭހަތްތެރިވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.

މަގުމަތީގެ އަމާންކަން ގާއިމުކޮށް އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އަމާން މުޖތަމައަކަށް އެޅޭ މުހިންމު ބިންގަލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.