ބާބްރީ މިސްކިތުގެ މައްސަލައިގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރުދީފިި

ހަރުކަށި ހިންދޫންގެ ބަޔަކު 1992ވަނަ އަހަރު ބާބްރީ މިސްކިތުގެ މައްްޗަށް އަރައި

އިންޑިޔާގެ އަޔޯދިޔާގައި 1992 ވަނަ އަހަރު ހަރުކަށި ހިންދޫން ތަޅާލި ބާބްރީ މިސްކިތުގެ މައްސަލައިގަައި ދެފަރާތް ރުހޭ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އިންޑިޔާގައި ހިންދޫންނާއި މުސްލިމުންނާއި ދެމެދު ދާޚިރީ ހަނގުރާމައެެއް ފެށިދާނެކަމުގެ އިންޒާރުދީފިއެވެ.
ދަ ނިއު އިންޑިިއަން އެކްސްޕްރެސް އާ ވާހަކަދައްކަމުން ބާބްރީ މިސްކިތުގެ މައްސަަލައިގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ހިންދޫ ގުރޫއެެއް ކަމުގައިވާ ސްރީ ޝިވް ޝަންކަރު ބުނީ، ދެފަރާތް ހިތްހަމަޖެހޭ ގޮތެއްގެ މަތިން މިސްކިތް ހުރި ތަނުގައި ހިންދޫ ފައްޅިއަކާއި މިސްކިތެެއް އަަޅާ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ޙައްލުނުކުރެވޭނަމަ ދެފަރާތުގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދާނެކަމުގައެވެ. އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑު (އޭއައިއެމްޕީއެލްބީ) އަށް އޭނާ ގޮވާލަާފައި ވަނީ ކޯޓުން ބޭރުގައި ހިންދޫންނާއެކު އެެއްބަސްވުމަކަށް އައުމަށެވެ. އެެހެން ނޫންނަމަ "ފުޅާ ދާއިރާއެެއްގައި ދެބައިމީހުންގެ ދެމެދުގައި ހަމަނުޖެހުން ފެށޭނެ" ކަމުގައި އޭނާ ބުނެފައި ވެއެވެ.
މީގެ ކުރިން އޭއައިއެމްޕީއެލްބީ އަށް ފޮނުވި ސިޓީއެއްގައި އޭނާ ބުނެފައިވަނީ ކޯޓުން މައްސަލަ ވަކިކޮޅަކަށް ނިންމިޔަސް އަދި ސަރުކާރުން ވަކިގޮތަކަށް ޤަރާރެއް ނެރުނަސް "އޭގެ ނަތީޖާ ވާނީ ޢާއްމުކޮށް މުޅި ޤައުމަށް، ޚާއްޞަކޮށް މުސްލިމް އާބާދީއަށް ކުރިމަތިވާ ބޮޑު ކާރިސާއަކަށެވެ."
އޭނާގެ ވާހަކަތަކަށް ހަރުކަށި ހިންދޫ ޖަމާޢަތެއް ކަމުގައިވާ ޝިވް ސެނާ ވަނީ ރުޅިވެރިކަމާއެކު ރައްދުދީފައެވެ. "ބީޖޭޕީ ސަރުކާރުން ބޭނުންނަމަ ޤަރާރެއް ނެރެ 24 ގަޑިއިރު ތެރޭގައި އެތަނުގައި ފައްޅިއެެއް ބިނާކުރުމުގެ މަަސައްކަތް ފެށިދާނެ" ކަމުގައި އެޕާޓީން ބުނެފައި ވެއެވެ.
އަނެއްކޮޅުން، މުސްލިމުންގެ ފަރާތުންވެސް އޭނާއަށް ނުރުހުމުގެ ބަސްތައް ވަނީ ރައްދުކޮށްފައެވެ. އޭނާގެ ވާހަކަތަކަށް ރައްދުދެމުން ބާރަތިޔަ މުސްލިމް ވިކާސް ޕަރީޝަދްގެ ޗެއަރމަން ސާމީ އާޣައި ވިދާޅުވެފައި ވަނީ އެފަދަ ވާހަކަތަކުން ޤައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލައިގެން ނުވާނެކަމަށާއި، އޭނާގެ ވާހަކަތައް އަނބުރާ ނަގަންޖެހޭނެ ކަމަށެވެ.
ޚަބަރު: ދަ ނިއު އިންޑިޔަން އެކްސްޕްރެސް، ޑޯން

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.