އައްޑޫގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އާޓް ގެލަރީއެއް ހުޅުވަން ނިންމައިފި

އައްޑޫގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އާޓް ގެލަރީއެއް ހުޅުވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ގެލަރީ ގާއިމުކުރަނީ "ބޮނޑޮގޭ"  އިމާރާތުގައެވެ. އަދި ކުރެހުންތައް ފޯރުކޮށްދިނުމަށް ކުރެހުންތެރިންގެ ކިބައިން އެދިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

މި ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިޞާދު" ކަމަށް އެ ކައުންސިލުން ބުނެއެވެ.

އާޓް ގެލެރީގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުން ކަމަށާއި ގެލެރީ ހިންގާނީ އާމްދަނީ ވެސް ލިބޭނެގޮތަށް ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގައި ހުންނަ ތާރީހީ ބޮނޑޮގެއަކީ 1941 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އެ ސިޓީގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކޮށްފައިވާ ތަނެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.