އިސްރަށްވެހިންނަށް ހޭލުންތެރިކަމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން، ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ވެއްޓުމުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިސެޝަނުގައި ވެއްޓުމަށް މަގުފަހިވާކަންކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭނެ ބަދަލުތަކާއި ދުޅަހެޔޮކޮށް އުމުރުން ދުވަސްވުމާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ހަމައެހެންމެ ވެއްޓުމާއި ގުޅޭގޮތުން އެސެސްމެންޓްތައް ހަދައި، ކަސްރަތު ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގޮންގޮސްފައިވެއެވެ.

އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.