މަތީ ތަޢުލީމުގެ ލޯން ސްކީމަށް އެދުނު ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް އަންގަވައިފި

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް، ކަމާ ބެހޭ ވުޒާރާތަކަށް އަންގަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަހަރު މި ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން 806 ދަރިވަރެއްގެ ހުރިހާ ޝަރުތެއް ހަމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެކު، މި ހުރިހާ ދަރިވަރުންނަށް ލޯން ސްކީމުން ފުރުޞަތު ލިބޭނެއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.