ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނަށް ކަސްޓަމަރ ކެއަރ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެ ތެރޭގައި ތިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، މިވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އިފެކްޓިވް ކަސްޓަމަރ އިންޓަރެކްޝަން އެންޑް ހޭންޑްލިންގ ސެންސިޓިވް ސޯޝަލް ސަރވިސް ކޯލްސް" ގެ ނަމުގައި ހިންގޭ 6 މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގެ މަޤްސަދަކީ ކޯލު ސެންޓަރު އަދި ރިސެޕްޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އާންމުންނާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތަކާއި، އެކި ހާލަތްތަކުގައި ޖަވާބު ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމެވެ.

މީގެ އިތުރުން، ކޯލު ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ދޭނެ ގޮތްތަކާއި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް މި ތަމްރީނުގައި މައުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.