މިނިސްޓަރ އާދަމް ނަސީރު، ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކިުރައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

މި ވުޒާރާގައި މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ނޮޅިވަންފަރު ކައުންސިލުން ވަނީ ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ގުޅުންހުރި އަސާރުތައް، ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން، ބަހާބެހޭ ވަޒީރާ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ބަހާބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަރިކަ ރައްކާތެރި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި އެގޮތުން، ނޮޅިވަރަންފަރުގައި ހުރި އެފަދަ ތަންތަނަކީ ވެސް މި ވުޒާރާއިން ޚާއްޞަ ސަމާލު ކަމެއް ދެއްވާނޭ ތަންތަން ކަމަށެވެ. މީގެ އިތުރުން ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅޭ ހުށައެޅުމެއް މި ވުޒާރާގެ ވިލަރެސް ވެރިން ވަނީ ހުށައަޅާ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ އިސްވެރިންގެ އިތުރުން ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ޢަބްދުﷲ ނަދީމާއި އަދި އެ ކައުންސިލްގެ މެމްބަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.