އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

އެމްބީއެސް އިން ބުނީ ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފައިވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އެގޮތުން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެގޮތް ހަމަޖެހިފައިވާނޭ ކަމަށް އެމްބީއެސްގެ އިއުލާންގައިވެއެވެ.

އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.