މަޖިލީހުގެ ރައީސަކަށް ގާސިމް ވަޑައިގަނެވިނަމަ ގައުމު މިވަރަށް ތަރައްގީނުވާނެ: އަލީ އާރިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަޑައި ގަނެވުނުނަމަ ރައީސް ޔާމިން މިގައުމު މިހާރު ތަރައްގީކޮށްފައިވާ ވަރަށް ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޗީފްސްޕޯކްސް ޕާސަން އަލީ އާރިފް ވިދާޅުވެއްޖެއެވެ.

"ގާސިމް މަޖިލީހުގެ ރިޔާސަތަށް އައިނަމަ ލާހިކެއްނޫން މިގައުމު ތަރައްގީ ކޮށްފައި އޮތް ވަރަށް ތަރައްގީ ކުރާކަށެއް. ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގައި ދަތި އަޅުވައި ފައިގައި، ޖެހިޖެހީނުން ވައްޓާލާނެކަން އެއީ ޔަގީން ކަށަވަރު ކަމެއް. ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާތީވެ އަދި އޭރު ކޯލިޝަން ޕާޓްނަރެއް ކަމަށްވިޔަސްވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދެއްވަން ބޭނުންފުޅުނުވީ،" ޕީޕީއެމުން މިއަދު ބޭއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ދެނެވަޑައިގަންނަވާ ކޮންމެ މީހަކަށްވެސް އެއީ ވެރިކަން ބޭނުންފުޅުވެގެން އުޅުއްވާ ބޭފުޅެއްކަން އެނގޭނެ ކަމަށާއި، މަޖިލިސް ރައީސްކަން ދެއްވިނަމަ ރައީސް ޔާމީން ބޭނުންފުޅުވާ އެއްވެސް ކަމެއް މަޖިލީސް ތެރެއިން ކުރިއަ ނުދެއްވާނެ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

"ގާސިމް ދެނެވަޑައި ގަންނަވާ ކޮންމެ ދިވެހިރައްޔިތަކަށް އެނގިވަޑައިގަންނަވާނެ ގާސިމްއަކީ ވެރިކަމަށް ވަޑައިގަންނަވަން އިންތިހާއަށް ބޭނުންފުޅުވާ ބޭފުޅެއްކަން. އެފަދަ ބޭފުޅަކަށް މަޖިލީސް ރައީސްކަން ދިންނަމަ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ އެއްވެސް ކަމެއް ރައްޔިތަކަށް ވިޔަނުދިނުމަށްޓަކައި ހުރިހާކަމެއް ކުރާނެތީވެ ރައީސް ޔާމީން އެފުރުސަތު ގާސިމަށް ދެއްވަން ބޭނުންފުޅު ނުވީ،" އާރިފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.