އިންޑިއާގެ އިރު އުތުރު ތިން ސްޓޭޓް ކަމުގައިވާ ނާގާލޭންޑް، މެގާލަޔާ އަދި ތްރިޕޫރާގައި މިއަދު ބޭއްވި ސްޓޭޓް އެސްމްބްލީ އިންތީބުގައި ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ބޮޑު ކުރި އެރުމެއް ހޯދައިފިއެވެ. ވާތުފިޔައިގެ ޕާޓީތަކުގެ ބާރުގަދަ އިރު އުތުރު ސަރަހައްދުގައި ކަނާތު ފިޔައިގެ ބީޖޭޕީ ފައި ހަރުކޮށްލީ ހައިރާންވާ ފަދަ ކުރިއެރުމަކާ އެކުގައެވެ.
ވާތުފިޔައިގެ ޕާޓީތައް ސިއްސުވާލީ ތްރިޕޫރާ ސްޓޭޓްގައި ބީޖޭޕީން ހޯދި އާދަޔާ ޚިލާފު ކުރިއެރުމެވެ. 2013 ގެ އާއްމު އިންތިޚާބުގައި ބީޖޭޕީއަށް ލިބުނީ އެންމެ %2 ވޯޓެވެ. ނަމަވެސް މިއަދު ބޭއްވި އިންތިޚާބުގައި އެޕާޓީން ވަނީ ވޯޓުގެ %43 ހޯދައި ސްޓޭޓް އެސެމްބްލީގެ އަޣުލަބިއްޔަތު ހޯދާފައެވެ. ތްރިޕޫރާ އެސްބްލީގެ 60 ގޮނޑީގެ ތެރެއިން 54 ގޮނޑީގެ ނަތީޖާ މިހާތަނަށް ލިބިފައިވާ އިރު ބީޖޭޕީން ވަނީ 41 ގޮނޑި ކާމިޔާބުކޮށް ސްޓޭޓް އެސްމްބްލީގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދާފައެވެ. އަދި ނަތީޖާ ނުލިބޭ 5 ގޮނޑީގެ ތެރެއިންވެސް 2 ގޮނޑީގެ ނަތީޖާގައި ކުރީގައި އުޅެނީ ބީޖޭޕީއެވެ.
ތްރިޕޫރާގައި އެންމެ ބޮޑު ބައްޔަކާއި ކުރިިމަތިވީ އިދިކޮޅު އިންޑިއަން ނޭޝަަލަން ކޮންގްރެސް (ކޮންގްރެސް-އައި) އަށެވެ. 2013 ގެ އިންތިޚާބުގައި ވޯޓުގެ %37 ކާމިޔާބުކުރި ކޮންގްރެސް އަށް މިފަހަރު ލިބުނީ އެންމެ %2 އެެވެ. އަދި ސްޓޭޓް އެސެމްބްލީގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނެވެ. މެގާލަޔާ އަދި ނާގާލޭންޑްގައި ބީޖޭޕިއަށް އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް އެ ދެ ސްޓޭޓްގައިވެސް ބީޖޭޕީ ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. ކާމިޔާބުކުރި ވޯޓުގެ ނިސްބަތް %2 އިން %14 އަށް އިތުރުކޮށްފައެވެ.
އިންތިޚާބުގައި ބަލިވުމުގެ ޒިންމާ އިދިކޮޅު ފަރާތްތަކުން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވާއިރު، މި ކާމިޔާބީ އާއެކު ބީޖޭޕީ އަމާޒު ހިފާފައިވަނީ 2019 އަަހަރު ބާއްވާ ލޯކް ސަބާގެ އިންތަޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި ވެރިކަން ދެމެެހެއްޓުމަށެވެ.
(މަޢުލޫމާތު: ދަހިންދޫ، ހިންދުސްތާން ޓައިމްސް، ނިއު އިންޑިއަން އެކްސްޕްރެސް)