
ހިޔާ ފްލެޓުތަކުން މިރޭ ދަންވަރު ފެނުގެ ހިދުމަތް މެދުކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހިޔާ ފްލެޓު 6، 10، 12 އަދި 13 ގެ މީޓަރ ރޫމުގައި މެއިންޓެނަންސް މަސައްކަތެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ މިރޭ މެންދަމު 12:30 ން ފަތިހު 4 ޖަހަންދެން ކަމަށް ވެސް ބުނެއެވެ.
މި މަސައްކަތް ކުރަމުންދާ ވަގުތުގައި ގްރައުންޑް ފްލޯ އިން 24 ވަނަ ފަންގިފިލާ އަށް ވެސް ފެން ިބުމުގައި ދަތިތަކެއް ނުވަތަ ފެން ކެނޑުން އެކަށީގެންވާތީ، ކަސްޓަމަރުންގެ ކިބައިން ވަނީ މައާފަށް އެދިފައެވެ.