
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށާ، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މި ވުޒާރާއިން ކުރިއަށް ގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ކ ހުރާގައި ކުރިއަށް ގެންގޮސްފިއެވެ.
މި ދަތުރުގައި ކ ހުރާގެ އިސްރަށްވެހިންނާ، މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގެ ބައެއް މެމްބަރުން ވަނީ ބައްދަލުކޮށް ނާދީގެ ތަޖުރިބާތަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގިދާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވުމަށް ހުރާ ދާއިރާގެ މެމްބަރު އަނާރާ ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެ ކަމަނާއަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.