
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ރަތަފަންދޫ ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރަތަފަންދޫ ކައުންސިލްގެ އެދިލެއްވުމަކަށް ބޭއްވުނު ބައްދަލުވުމެކެވެ. މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ އިސްބޭފުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، އެ އޮތޯރިޓީ އަދި މޯލްޑިވިސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަށް ރަތަފަންދޫގައި ހިންގުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި އެ ވުޒާރާގެ ދަށުން މަސައްކަތްކުރަމުންދާ އެމްއެންއެސްޑީއޭ ފަދަ އިދާރާތަކާއިއެކު، އެކި އަތޮޅާއި ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.