ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާ އެއްގޮތަށް ކުދިން ތަރުބިއްޔަތު ކުރުމަށް މިނިސްޓަރ އެދިވަޑައިގެންފި

ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތީން ކުދިންގެ ދިރިއުޅުން ތަރުތީބުކޮށް ބައްޓަންކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މި ގޮތަށް އިލްތިމާސްކުރެއްވީ ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ޒުވާން ޖީލު ތަރުބިއްޔަތުކުރުމުގައި، އެ ކުދިންނަށް ރަނގަޅު މަގު އަންގައިދިނުމުގައި، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތީން ކުދިން ތަރުބިއްޔަތުކޮށް އެ ކުދިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ގޮތެއްގެ މަތިން އެ ކުދިންގެ ދިރިއުޅުން ތަރުތީބުކޮށް ބައްޓަންކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤުރުއާން ކިޔެވުމަކީ މުބާރާތަކަށްވާ ތައްޔީރީއެއްގެ ބަދަލުގައި، ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ހެއްދެވުމަށެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ 1 ވަނަ ޙާޞިލްކުރީ ހދ. ކުޅުދުއްފުށީ ޝަބުނަމީގޭ ޢާއިޝަތު ބިންތު އިބްރާހީމް ރަޝީދު ޙަސަނެވެ. މުބާރާތުގެ 2 ވަނަ ހޯދީ ގ. އަލިއާބާދު، މިޝްޔާ ބިންތު ޙަސަނެވެ. 3 ވަނަ ހޯދީ ވ. ޅަސަނދު މުޙައްމަދު މަޢާން ބިން މުންޠަޒިމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.