ކައުންސިލުތަކުގެ އަސްލު ބެލެނިވެރި ފަރާތަކީ ރައްޔިތުން: މިނިސްޓަރ

ލާމަރުކަޒީ ނިޒާމުގައި ކައުންސިލުތަކުގެ އަސްލު ބެލެނިވެރި ފަރާތަކީ ރައްޔިތުން ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅައި ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅުއްވައިދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ހޮވުމުގެ ހުރިހައި ބާރެއް ރައްޔިތުންގެ އަތުގައި އޮތުމަކީ ކައުންސިލްތަކުގެ އަޞްލު ބެލެނިވެރިފަރާތަކީ ރައްޔިތުންކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރިޕޯޓްހުށަހެޅުމަށް، މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ވަރަށް ތަފްޞީލުކޮށް ޖަވާބުދެއްވައިފައެވެ. ޙަޤީޤީ މާނާގައި، ކައުންސިލްތައް ރައްޔިތުންނާ ގާތުން ހިންގުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ވޭތުވެ ދިޔަ 16 ވަރަކަށް މަސްދުވަހު ސަރުކާރުން ވަނީ އަޅުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.