ފޮރިން މިނިސްޓަރ ޚަލީލު، މޯލްޓާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމު ކަމަށާއި މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެވަޒީރުން ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެވަޒީރުންވެސް އަލިއަޅުއްވާލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.