މިޞްރުގައި ރޭލު އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެ

މިޞްރުގެ އުތުރުގެ ޕްރޮވިންސެއް ކަމުގައިވާ ބުޙައިރާގައި ދެރޭލު ޖެހުމުގެ ހާދިސާއެއްގައި 19 މީހުން މަރުވެއްޖެއެވެ.
މުދާ އުފުލާ ރޭލަކާއި ޕެސެންޖަރ ރޭލެއް ޖެހިގެން ހިނގި މި ހާދިސާގައި 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ހާދިސާ ހިނގީ ޕެސެންޖަރ ރޭލުގެ ދެބައި ވަަކިވެގެން ގޮސް މުދާ އުފުލާ ރޭލުގައި ޖެހިގެންނެވެ. މިޞްރުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޒަޚްމްވި އެންމެނެް ވަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންދެވިފައެވެ. ޚަަބަރު ލިބޭ ގޮތުގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
މިޞްރަކީ ދޭތެރެ ދޭތެރެއިން ހިނގާ މިފަދަ ރޭލު އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު މަރުވާ ގައުމެކެވެ. ފާއިތުވި އޮގަސްޓް މަހު ދެރޭލު ޖެހުމުގެ ހާދިސާއެއްގައި 41 މީހުން މަރުވެފައި ވާއިރު، 2002 ވަނަ އަހަރު ރޭލެއްގައި އަލިފާން ރޯވެ 373 މީހުން މަރުވެފައި ވެއެވެ.
ރޭލްވޭ ޒަމާންވެ، ބާވުމުގެ ސަބަބުން، މިފަދަ ހާދިސާތައް ގިނަވަމުން ދާއިރު މިޞްރު ސަރުކާރުން ރޭލްވޭ ނިޒާމު ތަރައްޤީކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ ސަރުކާރަށް މާ މުހިއްމު ކަމަކަށް ނުވާކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.