ހިޔާ ފްލެޓުތަކުން މިރޭ ފެން ކެނޑިދާނެ

ހުޅުމާލެ ހިޔާ ފްލެޓްތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޫސްޓަރ ޕަމްޕް ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓް 9އިން 16އަށް ލިބޭ ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވޯޓަރ އެންޑް ސުވަރެޖް ކޮންމެޕީ (އެމްޑަބްލިއުސްސީ)އިން ބުނެފި އެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނީ ފްލެޓް 9އިން 16ގެ 9 ވަނަ ފަންގިފިލާއިން ފެށިގެން 16 ވަނަ ފަންގިފިލާއާ ހަމައަށް ކަމަށެވެ. ފެން ކަނޑާލަން ޖެހެނީ ހިޔާ ފްލެޓްތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޫސްޓަރ ޕަމްޕް ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށް ބުންޏެވެ.

ހިދުމަތް މެދުކެނޑާލަން ހަމަޖެހިފައި ވަނީ ރޭގަނޑު 11 އިން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށެވެ.

މިކަމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ކަމަށް، އެމްޑަބްލިއުސްސީން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.