މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއެއް ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.

މީނާއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.

އިބްރާހިމް ޝަމްވީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.