ރަމަޟާން މަހުގެ ހާއްސަ އައުޓްރީޗް ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގުރާމް  ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ހަރަކާތްތަކާއި، ކުޑަކުދިންގެ އެކި ހުށައެޅުންތަކާއި، ދީނީ ޢިލްމުވެރިންނާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެއެވެ.

މިއީ ރަމަޟާން މަހުގެ ދުވަސްތަކުގައި ކުދިންނާއި އާއްމުންނާއި ގާތުން މަސައްކަތްކޮށް، އުފާވެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ މަޤުސަދުގައި ވުޒާރާގެ އެކި ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.