މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް ރައީސް ހައްދަވާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ ގުޅިގެން މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން މި މަސައްކަތްކުރުމަށް ފަށައިފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ރޭ އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމައިދީފައެވެ. މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ކުރެވިގެން ދިޔަ މަސައްކަތެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، އަވަސް ޙައްލު ހޯއްދަވައި ދެއްވުމަށް ރެއާދުވާލު ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ. ޚާއްޞަ ގޮތެއްގައި މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެކެވެ. ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.