އަމާޒަކީ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން: މިނިސްޓަރ

އަމާޒަކީ މި ހިނގާ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ހުވަދު އަތޮޅުގެ ދެ ބުރިއަށް މިއަދު ރޯދަ ހަދިޔާގެ ގޮތުގައި ބަހައި މަސްދަޅު ކޭސް ލިބިލައްވާނެ ކަމަށެވެ. އޭރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް ވެސް ވަޒީރުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ރޯދަ ހަދިޔާއާ ބެހޭ ގޮތުން ވަޒީރު ކުރެއްވި ޕޯސްޓާއެކު ރަމަޟާން މަހު މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް ވުޒާއިން ކޮށްފައިވާ ޕޯސްޓް ވެސް ހިމަނުއްވައިފައި ވެއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ. ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބަހަންފައްޓާފައިވާ ހަދިޔާއެކެވެ. އެ ގޮތުން މި އަހަރު ބަހަމުން އަންނަނީ މަސްދަޅު ކޭހެެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.