
ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ އެދުމާއި ތަހުނިޔާ، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރިޔާސަތުގެ ޗެއާމަން ހަރ އެކްސަލެންސީ ޒެލްޖްކާ ކްވިޖަނޮވިޗްއާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ޗެއަރ، ހަރ އެކްސެލެންސީ ބޮރްޖާނާ ކްރިޝްޓޯއަށް އަދި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ވެރިންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމާއި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަމަށްވެސް އެދިވަޑައިގެންފައެވެ.
ބޮސްނިއާ އެންޑް ހަރޒެގޯވީނާއިން މިނިވަންކަން އިޢުލާނުކުރީ 1992 ވަނަ އަހަރު އެވެ.