ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 02:48 ހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.