މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ގެއްލުނު "އަކިރިސް" ނަމަކަށްކިޔާ ބޯޓު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން ހޯދައިފިއެވެ.
އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހު، ހަ ފަޅުވެރިން ހިމެނޭހެން 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 19:10 ހާއިރެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެ ދިވެހީންނާއި 12 ބިދޭސީން ހިމެނޭއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އިން މި ބޯޓު ހޯދާފައިވަނީ މިއަދު 08:50 ހާއިރު، މ.ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށެވެ.
މި ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.