އެމްއެންއެސްޑީއޭގެ ފިޝަރީޒް އަދި އޯޝަން ސައިންސެސް ޕްރޮގްރާމްތަށް އެމްއެންޔޫގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފިޝަރީޒް އަދި އޯޝަން ސައިންސެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސްގައި، އެމްއެންއެސްޑީއޭގެ 4 ކޯހެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި، ނެޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިންގ، ނެޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް، ނެޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި ކޯސްތަކަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 03 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

މި ކޯސްތަކުގެ ތެރެއިން ކޯހެއްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާނަމަ، ތިރީގައިވާ ލިންކު މެދުވެރިކޮށް ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

(https://portal.mnu.edu.mv/)

މި ކޯސްތަކާއި ބެހޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް https://courses.mnu.edu.mv/ މެދުވެރިކޮށް ނުވަތަ 1445 އަށް ގުޅުއްވައިގެން ލިބިލައްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.