އިސްލާމީ އަޤީދާއާ ބެހޭ ދެވަނަ ޢިލްމީ ދައުރާ ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފަށައިފިއެވެ.

މިދައުރާގައި ކިޔަވައިދެއްވާނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޕްރޮފެސަރ އަދި އަލް މަސްޖިދުއް ނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްސުތާޒް ޑރ. އަބްދުއްސަލާަމް އައް ސުޙައިމީ އާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވާރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. އާދިލް އައްސުބައިޢީއެވެ.

މި ދައުރާ އޮންނަނީ މި ޖުލައި މަހު ނުވަވަނަ ދުވަހާއި ދިހަ ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފޮނުއްވާ ދީނީ ޢިލްމުވެރީން އެކި ދަންފަޅިތައް ނަންގަވައިދެއްވާ މި ދައުރާގައި މަޢުލޫމާތު ދެއްވާނީ ޢަރަބި ބަހުންނެވެ.

މި ދައުރާގައި މަޢުލޫމާތު ދެއްވަނީ ޢަރަބި ބަހުންނެވެ. މީގެ ފުރަތަމަ ދައުރާ ބާއްވައިފައި ވަނީ މެއި މަހުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.