ޖަމީލް ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގަ: އެމްސީއެސް

މާފުށި ޖަލުގައި ހައްޔަރު ކޮށްފައިހުއްޓާ ނިޔާވި ޖަމީލް ނިޔާވިއިރު، ހައްޔަރު ކޮށްފައިހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރެކްޝަންސްގެ ފަރާތުން ބުނީ ޖަމީލް ބަންދުކޮށްފައި ގޮޅިއަކީ ކުރިން އިއްޒަތްތެރިން ޖަލަށް ހުކުމް ކުރީމަ ބޭތިއްވުމަށް ބޭނުންކުރި ޔުނިޓުގެ ގޮޅިއެއް ކަމަށެވެ. އަދި އެ ގޮޅީގައި އޭސީއާއި އެނދުވެސް ހުންނާނެ ކަމަށެވެ.

އެހެންނަމަވެސް ޖަމީލް އެ ޔުނިޓް އޭސީ ހަލާކު ކޮށްލާފައިވާ ކަމަށާއި އޭސީއާއި އެނދު އެގޮޅިން ބޭރު ކުރެވިފައިވަނީ ޖަމީލް ބޭނުންވެގެން ކަމަށް ވެސް ބުންޏެވެ. އަދި އެ ޔުނިޓްގައި ހުރި ކެމެރާ ހަލާކުވުމުން އަލުން ކެމެރާއެއް ލީ ނަމަވެސް އެ ކެމެރާގައިވެސް ހުރީ ދަތް އުނގުޅާ ބޭސްކަމަށް ބުންޏެވެ.

އެ ކެމެރާގެ ސީސީޓީވީ ފޫޓޭޖް ފުސްކޮށް ފެންނަ ސަބަބަކީ އެއީކަމުގައި ވެސް ބުނެފައި ވެއެވެ.

ޖަލުގައި ހުއްޓާ ނިޔާވި ޖަމީލުގެ ހަށިގަޑު ޕޯސްޓްމޯޓަމް ހަދަން އާއިލާގެ ހުއްދަ ނުލިބުމުން، މިހާރުވަނީ ވަޅުލާފައެވެ. އޭނާގެ ހަށިގަޑު ވަޅުލާފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށްފަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.