26 June 2024 (Wednesday) - 19:05

އިމަރޖެންސީ މެޑިސިން ޑޭ ގެ މުނާސަބަތުގައި ބޭއްވި ހަފުލާ ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި"އިމަރޖެންސީ މެޑިސިން" ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ. އަދި ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

އިމަރޖެންސީ މެޑިސިން ފުރަތަމަ އުފެދިފައިވަނީ 1970 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޔޫރަޕްގައެވެ. މި އަހަރުގެ އިމަރޖެންސީ މެޑިސިން ޑޭ ގެ ޝިއާރަކީ "ކްލައިމެޓް ޗޭންޖް އިޒް އަ ހެލްތް އިމަރޖަންސީ ޓޫ" އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.