ބިލު ދައްކާފައިވާނަމަ އަންނަމަހުގެ ބިލުން ޑިސްކައުންޓް ލިބޭނެ: ފެނަކަ

ބިލު ދައްކާފައިވާނަމަ އަންނަމަހުގެ ބިލުން ޑިސްކައުންޓް ލިބޭނެ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށާފައިކަމަށް ބުންނެވެ.

މީގެ އިތުރުން ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަމަހު ތައްޔާރު ކުރާ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.