އަލަށް އިންތިހާބުވި މަޖިލިސް މެމްބަރުން ހުވާކުރާނީ މެއި މަހު

އަލަށް އިންތިހާބުވި މަޖިލިސް މެމްބަރުން ހުވާކުރާނީ މެއި މަހު ކަމަށް އިއުލާން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު އަސްލަމް ވިދާޅުވީ މެއި 28 ވަނަ ދުވަހު އާ މެންބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކުރިއަށްމިދާ 19 ވަނަ މަޖިލީހުގެ ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މެއި 13 ވާ ހޯމަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނަށް އަސްލަމް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ހާއްސަ ގޮތެއްގައި 19 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންގެ ނަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.