ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫތަކެއް ކުރެއްވުމަށް: ފައިސަލް

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫތަކެއް ކުރެއްވުމަށް ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފެލިދޫ އަދި ފޮނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވަޑައިގަތީ ދިވެހިންގެ ހާލަތު ބަދަލު ކުރެއްވުމަށް ކަމަށެވެ.

މިކަން ހާސިލުކުރުމަށް ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންވާނެ ކަމަށާއި ރައްޔިތުންގެ ކިބައިން އެދެނީ އެކަން ހާސިލުކޮށްދިނުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޒުވާނުންގެ ކިބައިން ހާއްސަކޮށް މިކަމުގައި ބައިވެރިވެ މެޖޯރިޓީ ހޯދައިދިނުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ވި ވައުދުތައް ފުއްދައި ދިނުން ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ޒުވާނުންގެ ކިބައިން ހާއްސަކޮށް މިކަމުގައި ބައިވެރިވެ މެޖޯރިޓީ ހޯދައިދިނުމަށް އެދޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ވި ވައުދުތައް ފުއްދައި ދިނުން ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.